އިނގިރޭސި އެންމެ ޒަމާންވީ ފުޓްބޯޅަ މުބާރާތް، އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ޗެލްސީއާއި މެންޗެސްޓާ ސިޓީ ވާދަކުރަން ޖެހިއްޖެއެވެ.
އެތިހާދު ސްޓޭޑިއަމްގައި ޗެލްސީއާއި ސިޓީ ވާދަކުރަން ޖެހިފައިވާ އިރު، ޕްރިމިއާ ލީގުގައި ކުޅޭ ކްލަބުތައް ވާދަކުރަންޖެހޭ ހަތް މެޗެއް ގުރުން ދިމާވެފައިވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް މެޗުތަކަށް ބަލައި އިރު، ނޮޓިންހަމް ފޮރެސްޓާއި ޓޮޓެންހަމްގެ މެޗު، މެންޗެސްޓާ ޔުނައިޓެޑާއި އެސްޓޮންވިލާ ހިމެނެއެވެ. އޭގެ އިތުރުން އާސެނަލުން ބްރައިޓަންއާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، ވުލްވްސް ކުޅޭނީ ލީޑްސްއާ ދެކޮޅަށެވެ.
ރޭގެ ނެގި ގުރުއަތާއެކު އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލުން ނުކުންނަން ޖެހޭނީ ޑާބީ ކައުންޓީއަ ދެކޮޅަށެވެ.
ޗެލްސީއަކީ އެންމެފަހުގެ ރަނަރަޕް ޓީމެވެ. މިދިޔަ އަހަރުގެ ލީގު ކަޕްގެ ފައިނަލުގައި ޗެލްސީން ލިވަޕޫލް އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އަނެއްކޮޅުން ޗެލްސީއާ ދެކޮޅަށް ނުކުންނަ ސިޓީއަކީ މިފަހުގެ ތާރީހުގައި ލީގު ކަޕްގައި އެންމެ ކާމިޔާބު ޓީމެވެ. އެންމެ ފަހުން ލީގު ކަޕް ކުޅުނު ހަތް ފަހަރުގެ ތެރެއިން ފަސް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސިޓީއެވެ. މިދިޔަ އަހަރު ލިވަޕޫލުން ލީގު ކަޕް ހޯދުމުގެ ކުރިން ޖެހިޖެހިގެން ފަސް ފަހަރަށް ލީގު ކަޕް ކާމިޔާބުކުރީވެސް ސިޓީންނެވެ.
ލީގު ކަޕްގެ ތިންވަނަ ބުރުގެ މެޗުތައް ތާވަލުކޮށްފައި ވަނީ ނޮވެންބަރު މަހުގެ އަށްވަނަ ދުވަހުން 10 ވަނަ ދުވަހަށެވެ.
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް