ރޭގެ ވަގުތެއްގައި ކޯރާޑިއަކުން ހަމަލާދީފައިވަނީ ވައްކަން ކުރަން ވަދެ އުޅުނު މީހަކު ހުއްޓުވަން މަސައްކަތްކުރި ބިދޭސީއަކަށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ހެނދުނު މީޑިއާތަކަށް ބުނީ، ކޯރާޑިއަކުން ހަމަލާދީފައިވަނީ ގެއަކަށް ވައްކަން ކުރަން ވަން މީހަކަށް ކަމަށެވެ.
ނަމަވެސް މިރޭ ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން ކޯރާޑިއަކުން ހަމަލާދީފައިވަނީ ވައްކަން ކުރަން ވަދެ އުޅުނު މީހަކު ހުއްޓުވަން މަސައްކަތްކުރުމުންކަން އެނގިފައިވާ ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 11:55 ހާއިރު ކަމަށާއި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު