ކަރުތެރޭގައި ރިއްސުމާއި ދުޅަވުމާއި ކަރުގެ ސަރަހައްދުގައި ހުންނަ ލިމްފް ނޯޑްސް ދުޅަވުމާއި މަތީތަލިން ފެށިގެން ކަރުގެ ފެށޭބަޔާއި ހަމައަށް ދުޅަވުމާއި ޓޮންސިލް ދުޅަވުން އަދި ކަންފަތުގައި ރިއްސުމާއި ލޮލުން ފެން އައުމާއި، ނޭފަތް ދުވުމާއި، ވަރުބަލިވުމާއި، ބޮލުގައި ރިއްސުން ފަދަ ކަންކަމަކީ ވަރަށް ގިނައިން ދިމާވަމުން އަންނަ މައްސަލަތަކެވެ. މިކަންތައްތަކަށް ޑޮކްޓަރީ ފަރުވާ ހޯދަން ދިއުމުން ދޭ ބޭސް ވަގުތުން ކެއުމާއި އަނގަ ދޮންނަން ދޭ ފުޅި ބަރާބަރަށް ބޭނުން ކުރުމާއި އަރާމު ކުރުމުގެ އިތުރަށް ގޭގައި ކުރެވިދާނެ ކުދިކުދި ފަރުވާތައް ދެނެގަތުން މުހިންމެވެ. އިންޑިޔާގެ ހާބަލް ކުލިނިކެއްގައި ޑޮކްޓަރުން ގަވާއިދުން ތައްޔާރުކޮށް ބަލިމީހުންނަށް ހޭހަން ކުރުމަށް މިބާވަތްތަކުގެ ފަރުވާދެވެއެވެ. އަދި ވަރަށްވެސް އަވަހަށް މީގެ ރަނގަޅު ނަތީޖާވެސް ފެނެއެވެ. ހަމައެހެންމެ މިއީ ޗައިނާ، ޖަޕާނު ފަދަ ހިސާބުތަކުގެ ގަދީމީ ބޭސްފަރުވާގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ.
ލުނބޯ ފަންޏަކީ މީރު ބުއިމެކެވެ. ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސް ގިނަ ކަމުން ކަރުތެރޭގެ ރިހުން ލުއިކޮށްދީ ޝިފާ ލިބުމަށް އެހީތެރިވެދެ އެވެ. ހޫނު ފެނުގައި ލުނބޮއެއް ތައްޔާރުކޮށްލާށެވެ. އަދި މިއިން ސައި ތައްޔާރު ނުކޮށް ހުސް ފެން ބޭނުން ކުރުމުންވެސް ވަރަށް އަވަހަށް ރަނގަޅުވާނެއެވެ. އަދި އިތުރަށް ކަރުތެރޭގައި ރިއްސާ ރިއްސުމުން ވަގުތުން ލުއި ލިބޭނެ ގޮތަށް ރީނދޫކޮޅެއް ނުވަތަ ލޮނުކޮޅެއް އަޅާށެވެ.
ހަމައެހެންމެ އިނގުރު އަަޅައިގެން ލުނބޯހުތާއެކު ހުސް ހޫނުފެން ބުއި ކަމުގައިވިޔަސް ކަރުތެރެޔަށް ލުއި ލިބެއެވެ. މިއީ އަރިދަފުސް ރޯގާއަށްވެސް ރަނގަޅު ފަރުވާއެކެވެ.
ފޮނިތޮށްޓަކީ ކަރުތެރެ ރިއްސުމަށް ފަރުވާ ދިނުމުގައި އެހީތެރިވެދޭނެ ވަސް މީރު އަނެއް ރަހައެވެ. ފޮނިތޮށްޓަކީ ކަރުތެރޭގައި ރިއްސުން ލުއިކޮށްދޭ ފަރުވާއެކެވެ. ކުޑަފޮނިތޮށިކޮޅަކުން ކަރުތެރޭގައި ޖެހޭ ބަލިތައް ކޮންޓްރޯލް ކުރެވިދާނެއެވެ. ފޮނިތޮށްޓާއި ކާފޫރުތޮޅި އަދި ކަރަންފޫ އަޅައިގެން ވިއްސަކަށް ނޫނީ ތިރީހަކަށް މިނިޓް، އޭގައި ހުރި ރަހަ ފެންގަނޑަށް ނުކުންނަން ދެން ކައްކާށެވެ. ދެން ބޭނުން ނަމަ ހުސްކޮށް، މާމުއި އަޅައިގެން ނޫނީ ސައިފަތްލައިގެން، ސައިފަތާއި ގެރިކިރު އަޅައިގެން ބޭނުން ކުރެވިދާނެއެވެ. މިއީ ވަރަށް ފައިދާ ހުރި އަދި ރޯގާއަށް ހަމައެންމެ ރަގަޅު ފަރުވާއެކެވެ.
މާމުޔަކީ ބޭސްވެރިކަމުގެ ސިފަތަކެއް ލިބިފައިވާ އެއްޗަކަށް ވާއިރު، އޭގެ އެތައް ބޭނުންތަކެއްގެ ތެރޭގައި މިއީ ކަރުތެރޭގައި ރިއްސުމަށް ގޭގައި ދެވިދާނެ އެންމެ ރަނގަޅު ފަރުވާއެކެވެ. މިއީ އާންމުކޮށް ގިނަ ގޭބިސީތަކުން ފެންނަ އެއްޗެކެވެ. ހޫނުސައިތަށްޓަކަށް މާމުއި އަޅައިގެން ބުއިިމުން ކަރުތެރެއަށް ވަރަށްވެސް ލުއި އިހުސާސްވާނެއެވެ.
ހޫނުރީނދުލަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ޖީލުތަކުން ތަބާވާ ޒަމާންވީ ސަގާފަތެކެވެ. ކަރުތެރެ ރިއްސުމާއެކު، އޭގެ ގުދުރަތީ އެންޓިބަޔޮޓިކްބައިތަކުގެ ސަބަބުން، ދިގުދެމިގެންދާ، ހުން އައުމަށް ފަރުވާ ދިނުމުގައި ވެސް އެހީތެރިވެދެ އެވެ. ރީނދުލާއި ކިރު އެއްކޮށްލުމުން ކަރުތެރެއަށް ވަރަށް ހިތްހަމަޖެހޭ އަސަރެއް ކުރެއެވެ. އެކަން ފިޔަވައި، ރީނދުލުގައި ހުންނަ އެސްޓްރިންޖެންޓް އަދި އެންޓިސެޕްޓިކް ބާވަތުގެ ސަބަބުން މަތީތަލީގެ އަދި ކަރުގެ ފެށޭހިސާބުގައި ހުންނަ ދުޅަ ކުޑަވެ، ޓޮންސިލް އަވަހަށް ރަނގަޅުވުމަށް އެހީތެރިވެދެއެވެ.
ދެން މިއޮތީ އެންމެ ގަދަފަދަ މުޖައްރިބު ފަންޑިތައެއްގެ ވާހަކައެވެ. ލޮނުކޮޅާއެކު، ހޫނު ފެނަށް ބައި ސައިސަމުސާ ރީނދޫޕައުޑަރ އަޅައިގެން ވެސް ގަރގްލް (ކަރުތެރެ ދޮވުން) ކޮށްލެވިދާނެއެވެ. މި ރީނދޫ ރަހައަކީ ކަރުތެރޭގައި އުފެދޭ ރިއްސުން ވަގުތުން ފިލުވައިދޭނެ ފައިދާހުރި އެންޓިއޮކްސިޑެންޓެކެވެ.
ކޮންމެ ދުވަހަކު ހެނދުނު 7 ދުވަސް ވަންދެން ހުސް ބަނޑުގައި ހޫނު ރީނދޫ ފެން ބޯނަމަ، މިކަމުގެ ސަބަބުން ދިރިއުޅުމަށް ހީވެސް ނުކުރާނެހެން ބޮޑު ބަދަލެއް އަންނާނެއެވެ. މިއީ މީރު ރަހަޔަކަށް ނުވެދާނެއެވެ. އެކަމަކު މީގެ ފައިދާ ބޮޑެވެ. ވަރުގަދަ ގަދަފަދަ ބޭސްތަކުން މިކަންތައް ކުރުމުގެ ބަދަލުގައި މިފަދަ ގުދުރަތީ ބާވަތެއް އަމިއްލަޔަށް ތައްޔާރު ކޮށްގެން ބޭނުން ކުރުމުން ސިއްހީ އެތައް ބައިވަރު ފައިދާތަކެއްވެސް ލިބިގެންދާނެއެވެ. މިއީ ކާޑިއޯ ވެސްކިއުލަރ ސިއްހަތު، އިންފްލެމޭޝަން، ސިކުނޑީގެ ސިއްހަތު، އާތުރައިޓިސް، ޗިސްމޭ ރައްކާތެރިކުރުން، މުސްކުޅިވުމުން ދުރުކޮށްދިނުން، ހަޖަމުވުން، ކެންސަރާ ދެކޮޅަށް ހަނގުރާމަކުރުން ފަދަ ކަންކަމުގައި އެހީތެރިވެދޭ އެއްޗެކެވެ.
ރީދޫ ބޭނުން ކުރުން ރަނގަޅު ނޫން މީހުންގެ ތެރޭގައި ގޭލްބްލެޑަރގެ މައްސަލަތަކާއި، ލޭއައުމުގެ އުދަގޫތަކާއި، ހަކުރުބަލިއާއި، ގޭސްޓްރޯއެސޯފޭޖިއަލް ރިފްލަކްސް ޑިޒީޒް (ޖީއީއާރުޑީ) އާއި ދަރިމައިނުވުން، ދަގަނޑު މަދުވުން، ފުރަމޭގެ ބަލި، ހޯރމޯން އަށް ނާޒުކު ހާލަތްތަކާއި، އެރިތުމިއާ ފަދަ ބަލިތައް ހުންނަ މީހުން ހިމެނެއެވެ. މާބަނޑު އަންހެނުންނާއި ސާޖަރީ ހަދަން އުޅޭ މީހުންވެސް ރީދޫގެ ބޭނުން ކުރުން ރަނގަޅެއް ނޫނެވެ.
ކޮންމެ އެއްޗެއްވެސް މާގިނައިން، ބޭނުން ކުރަން ޖެހޭ މިންގަނޑަށްވުރެ މަތިން ބޭނުން ކުރުމުން އެއިން ގެއްލުން ވާފަދައިން ރީނދޫވެސް އާދަޔާ ހިލާފަށް ގިނައިން ބޭނުން ކުރުމުން އޭގެންވެސް ގެއްލުންވާނެއެވެ. މިސާލަކަށް ބުނާނަމަ އާދައިގެ އެންމެ ސައިސަމުސަލެއްގެ ރީދޫ މުޅިދުވަހަށް ބޭނުން ކުރުމުގެ ބަދަލުގައި 1200 މިލިގްރާމަށްވުރެ ޑޯޒް މަތިން ބޭނުންކުރުމުން ނޭދެވޭ އަސަރު ކުރާނެއެވެ. އެގޮތުން ލޮލުގެ ވަށައިގެން ދުޅަވުމާއި ގޭސްޓްރިކްގެ ބަނޑުފުއްޕާ ކަންތައް ވުން ހިމެނެއެވެ. އެހެންކަމުން އެބޭނުން ކުރަން އޮންނަ މިންވަރުން ބޭނުން ކުރާށެވެ.
- ހަޖަމުކުރުން ރަނގަޅުކުރުން؛
- ބަރުދަން ލުއިކުރުން، ކުރިއެރުވުން؛
- ހުން އައުމާއި ރޯގާއާ ދެކޮޅަށް މަސައްކަތްކުރުން؛
- ނޭވާހިއްލުމުގެ ހަމަލާތަކުން ރައްކާތެރިވުން؛
- ފުރަމޭ ޑިޓޮކްސް ކުރުން؛
- ގޭސްޓްރޯއިންޓެސްޓިނަލް މައިކްރޯބަޔޮޓާ ރެގިއުލޭޓްކުރުން؛
- ކޮލެސްޓްރޯލްގެ މިންވަރު މެނޭޖްކުރުން؛
- ދިފާއީ ނިޒާމު ހީވާގިކުރުން؛
ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު