އައިޖީއެމްއެޗުން ފޯރުކޮށްދެމުންދިޔަ ނޭވާލާ ނިޒާމުގެ ބަލިތަކާއި ކެންސަރު ބައްޔާ ގުޅޭ ހާއްސަ ހިދުމަތްތައް، ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.
އައިޖީއެމްއެޗުން ރޭ ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލާއެކު މި ދެ ހިދުމަތް ދެން ފޯރުކޮށްދޭނީ ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.
އެގޮތުން، ނޭޝަނަލް ސެންޓަރު ފޯ ރެސްޕިރޭޓަރީ މެޑިސިން ނުވަތަ ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާދޭ މަރުކަޒު މިހާރު ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައެވެ. ނޭޝަނަލް ކެންސަރު ސެންޓަރު މެދުވެރިކޮށް ދެމުން އައި ކެންސަރު ބަލީގެ ފަރުވާގެ ހިދުމަތްތައް ވަނީ އެ ހޮސްޕިޓަލުގެ 19 ވަނަ ފަންގިފިލަޔަށް ބަދަލުކޮށްފައެވެ.
މި ހިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ އިރު، މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އައިޖީއެމްއެޗުގެ ނަންބަރު 3335335 އަށް ގުޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް
ދަރުމަވަންތަ ހޮސްޕިޓަލް
ކޮމެންޓް