ހިޔާ ޓަވަރެއްގައި ހާމަޔަށް ފެންނަ ގޮތަށް ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދަށް އަށް ދުވަސް ޖަހައިފިއެވެ.
އެ ދެ މީހުންގެ ބަންދަށް ކުރިމިނަލް ކޯޓަށް އަށް ދުވަސް ޖަހާފައިވަނީ މިއަދު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.
ރޭ ހިޔާގެ ޓަވަރެއްގައި ފިރިހެނުންތަކެއް ގައިގޯޅިވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ގޮސް، ބިދޭސީ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ހައްޔަރުކުރި ދެ ބިދޭސީ މީހުން ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފޭސްބުކުގައި މީހަކު ވަނީ ލައިވްކޮށްފައެވެ. އެ ލައިވުން ފެންނަ ގޮތުގައި ބިދޭސީ މީހުން ބަދުއަހުލާގީ އަމަލު ހިންގަން ތިބީ މަރާމާތު ކުރަމުންދާ ފުލެޓެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު