ޚަބަރު

ފައްޔާޒަކީ ވަރަށް ހިންގުންތެރި ބޭފުޅެއް، ބޯގަންވިލާއާއި ކެނެރީގޭގެ ގުޅުން އެންމެނަށްވެސް އެނގޭނެ: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަކީ ވަރަށް ހިންގުންތެރި ބޭފުޅެއް ކަމަށާއި ބޯގަންވިލާ އާއި ކެނެރީގޭގެ ގުޅުން އެންމެނަށްވެސް އެނގޭނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ފައްޔާޒަކީ ވަރަށް ހިންގުންތެރި ބޭފުޅެއް ކަމަށާއި ފައްޔާޒާއި އަބަދުވެސް ގުޅުން އޮންނަ ކަމަށެވެ.

"ގ. ކެރެނީގެ އާއި މއ. ބޯގަންވިލާއާ ހުންނާނެ ގުޅުންވެސް އެނގިވަޑައިގަންނަވާނެ" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ދުވަސްވަރު ނަޝީދު ވަނީ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ބޯގަންވިލާއަށް އަމާޒުކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ނަމަވެސް ރައީސް ނަޝީދު މިފަހުން ވަނީ ފައްޔާޒާ ދެކޮޅަށް ނުކުމެވަޑައިގެންނެވުނީތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިއަދު ވަނީ ރާއްޖެއަށް ބަރުލަމާނީ ގެންނަން ފައްޔާޒުގެ ތާއީދު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.