ޚަބަރު

އިހަވަންދޫ ބަނދަރު މަޝްރޫއު ނިމުމަކާ ގާތަށް

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ބުނެފި އެވެ.

އިހަވަންދޫ ބަނދަރު މަޝްރޫއުގެ އަޕްޑޭޓް ދެމުން އެމްޓީސީސީން މިއަދު ބުނީ އެ މަސައްކަތުގެ 95 ޕަސެންޓް މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި ބަނަދުރުގެ ބޭރުތޮށި ލުމުގެ މަސައްކަތްވެސް އެއްކޮށް ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 21،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި މަގު ބައްތިއާއި ނެރު ބައްތި ހަރުކުރުމާއި 4582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓު 26ގަ އެވެ. އެއީ 59.07 މިލިއަން ރުފިޔާއަށެވެ.