އެކި ކުންފުނިތަކުގެ ނަމުގައި ފޭކު ބުކިން ހައްދައިގެން ގެސްޓު ހައުސްތަކަށް ޗެކިންވި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ގދ. ފަރެސްމާތޮޑާ، ސަންރެއިޒް، ތާއިފް ތައުފީގާއި އެރަށު ޗަނބޭލީގޭ، އިޝްފާއު އަބްދުﷲ މުފީދެވެ.
އެ ދެމީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ ފަސް ދުވަސް ޖަހައިފައެވެ.
އެމީހުންގެ ބަންދު އަމުރުގައި ބުނެފައި ވަނީ، އެމީހުންނަށް ތުހުމަތުކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށާއި އެމީހުން ބަންދުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު