އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ)ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފިއެވެ.
އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޝިއާއު މަރާލި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަނީ އިންޑިއާއަށެވެ.
ޝިއާއުގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު ދަނޑުގައި ހުންނަ މޯޗަރީގައެވެ.
ޝިއާއު މަރާލިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އާންމު ފަރާތެއްގެ ފަރާތުން ރޭ 11:28 ހާއިރުއެވެ.
ޝިފާއު ވިދާޅުވީ، ޝިއާއު މަރާލައިފައި އޮތީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށާއި ސީންގެ ތެރެއިން ހައްޔަރުކުރި ޝާހިލް، 23އ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އެ އެޕާޓުމަންޓުތަކުގެ ތެރެއިން އެ ހަމަލާ ދިނުމަށް ބޭނުންކުރި ބައެއް އާލާތްތައް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިއާއު މަރާލިކަމުގެ ތުހުމަތު މިވަގުތަށް ކުރެވެނީ ކުށުގެ ރެކޯޑެއް ނެތް ޝާހިލަށް އެކަނި ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.
މި މައްސަލައިގައި ޝާހިލް ހައްޔަރުކޮށް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޝިއާއުގެ ހަށިގަނޑު ފެނުނުުއިރު އޮތީ ބޯ ބުރިކޮށްލައި ހަތަރެސްފައިވެސް ބުރިކޮށްލައިފައެވެ. އޭނާގެ ހަށިގަނޑު ފެނުނީ ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު