އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) އަނިޔާވެރިގޮތަކަށް މަރާލި މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް، 23، އަދި ކުށަށް އިއުތިރާފުވެފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޝިއާއު މަރާލިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އާންމު ފަރާތެއްގެ ފަރާތުން ރޭ 11:28 ހާއިރު ކަމަށެވެ.
ޝިފާއު ވިދާޅުވީ، ޝިއާއު މަރާލައިފައި އޮތީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށެވެ. ނަމަވެސް އާއިލާއިން އެދިފައިވާތީ ޝިއާއުއަށް ލިބިފައިވާ ޒަހަމްތަކެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ޝިފާއު ވިދާޅުވީ، ޝިއާއު މަރާލަން ބޭނުންކުރި ބައެއް ހަތިޔާރުތައް އެ އެޕާޓުމެންޓުގެ ތެރެއިން ފެނިފައިވާ ކަމަށެވެ. އަދި ސީންގެ ތެރެއިން ޝާހިލް ހައްޔަރުކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ޝިފާއު ވިދާޅުވިއެވެ.
ޝާހިލްގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތްއިރު، ޝިއާއު މަރާލި ކަމުގެ ތުހުމަތުކުރެވެނީ ވެސް ޝާހިލަށް އެކަނި ކަމަށް ޝިފާއު ވިދާޅުވިއެވެ.
"މިވަގުތާ ހަމައަށް ކުށަށް އިއުތިރާފެއް ނުވޭ،" ޝިފާއު ވިދާޅުވިއެވެ.
މި މައްސަލައިގައި ޝާހިލް ހައްޔަރުކޮށް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި ޝިއާއު މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ފޮނުވުމަށް ނިންމާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޝިއާއުގެ ހަށިގަނޑު ފެނުނުުއިރު އޮތީ ބޯ ބުރިކޮށްލައި ހަތަރެސްފައިވެސް ބުރިކޮށްލައިފައެވެ. ޝިއާގެ ހަށިގަނޑު ފެނިފައިވަނީ ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގައި ހުރި ތިން ކޮޓަރީގެ އެޕާޓްމެންޓުގެ ސިޓިންރޫމްގެ ތެރެއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު