އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) އަނިޔާވެރިގޮތަކަށް މަރާލި މައްސަލައިގައި ހަމަލާދޭން ބޭނުންކުރިކަމަށް ބެލެވޭ ހަތިޔާރުތަކެއް ހޯދިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޝިއާއު މަރާލިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އާއްމު ފަރާތެއްގެ ފަރާތުން ރޭ 11:28 ހާއިރު ކަމަށެވެ.
ޝިފާއު ވިދާޅުވީ، ޝިއާއު މަރާލައިފައި އޮތީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށެވެ. އަދި ޝިއާއު މަރާލަން ބޭނުންކުރި ބައެއް ހަތިޔާރުތައް އެ އެޕާޓުމެންޓްގެ ތެރެއިން ފެނިފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.
އެނގިފައިވާ ގޮތުގައި ޝިއާއު މަރާލައިފައިވަނީ މަސްކަނޑާ ވަޅިއަކުން ހަމަލާދީގެންނެވެ.
ޝިފާއު ވިދާޅުވީ، ސީންގެ ތެރެއިން ހައްޔަރުކުރި ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި ހައްޔަރުކުރި ޝާހިލްގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތް ކަމަށް ވިދާޅުވިއެވެ.
ޝިއާއު މަރާލިކަމުގެ ތުހުމަތު މިވަގުތަށް ކުރެވެނީ ޝާހިލަށް އެކަނި ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.
މި މައްސަލައިގައި ޝާހިލް ހައްޔަރުކޮށް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި ޝިއާއު މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ފޮނުވުމަށް ނިންމާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޝިއާއުގެ ހަށިގަނޑު ފެނުނުުއިރު އޮތީ ބޯ ބުރިކޮށްލައި ހަތަރެސްފައިވެސް ބުރިކޮށްލައިފައެވެ. ޝިއާގެ ހަށިގަނޑު ފެނިފައިވަނީ ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގައި ހުރި ތިން ކޮޓަރީގެ އެޕާޓްމެންޓުގެ ސިޓިންރޫމްގެ ތެރެއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު