އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) އަނިޔާވެރިގޮތަކަށް މަރާލި މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް، 23، ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އޭނާގެ ކުށުގެ ރެކޯޑެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް އޮފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޝިއާއު މަރާލިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އާންމު ފަރާތެއްގެ ފަރާތުން ރޭ 11:28 ހާއިރު ކަމަށެވެ.
ޝިފާއު ވިދާޅުވީ، ޝިއާއު މަރާލައިފައި އޮތީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށާއި ސީންގެ ތެރެއިން ހައްޔަރުކުރި ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އެ އެޕާޓުމަންޓުތަކުގެ ތެރެއިން އެ ހަމަލާ ދިނުމަށް ބޭނުންކުރި ބައެއް އާލާތްތައް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޝާހިލްގެ އެއްވެސް ކުށުގެ ރެކޯޑެއް ނެތް،" ޝިފާއު ވިދާޅުވިއެވެ.
ޝާހިލްގެ ކުށުގެ ރެކޯޑެއް ނެތް ނަމަވެސް މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ބައެއް ކަންކަން ފާހަގަވެ، އެކަންކަމާ ބެހޭ ތަހުގީގު ކުރަމުން އަންނަ ކަމަށް ޝިފާއު ވިދާޅުވިއެވެ.
ޝިއާއު މަރާލިކަމުގެ ތުހުމަތު މިވަގުތަށް ކުރެވެނީ ޝާހިލަށް އެކަނި ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.
މި މައްސަލައިގައި ޝާހިލް ހައްޔަރުކޮށް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި ޝިއާއު މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ފޮނުވުމަށް ނިންމާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ،
"ވަން" އަށް އެނގިފައިވާ ގޮތުގައި ޝިއާއުގެ ހަށިގަނޑު ފެނުނުުއިރު އޮތީ ބޯ ބުރިކޮށްލައި ހަތަރެސްފައިވެސް ބުރިކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު