ހ. ޝީރީންވިލާގައި ރޭ ދަންވަރު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) އަނިޔާވެރިގޮތަކަށް މަރައިލި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދުގެ އަޑުއެހުން ސިއްރު ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު އަމާން މުހައްމަދު ނަޖީބު މީގެ އިރުކޮޅެއް ކުރިން ވަން އަށް ވިދާޅުވީ، ބަންދުގެ އަޑުއެހުން ސިއްރު ކުރަން ގާޒީ ނިންމެވީ ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ، އަލީ ޝާހިލް، 23، އެވެ.
ރޭ ޝިއާގެ ހަށިގަނޑު ދުށް މީހަކު "ވަން" އަށް ބުނީ ޝިއާގެ އަތާއި ފައިވެސް ބުރިކޮށްލާފައިވާ ކަމަށެވެ. އޭނާގެ އަތް ބުރިކޮށްލާފައިވަނީ އުޅަނބޮއްޓާ ހަމައިންނެވެ. ނަމަވެސް ފައި ބުރިކޮށްލާފައިވަނީ ކިހާ ހިސާބަކުން ކަމެއް ސާފެއް ނޫނެވެ.
ފުލުހުން ޝިއާގެ ހަށިގަނޑު އެމްބިއުލާންސްގައި ގަލޮޅު މޯޗަރީއަށް ގެންގޮސްފައިވަނީވެސް ދެ ބޮޑީބޭގުގައެވެ. ޝިއާ މަރާލާފައި އޮއްވައި ފެނިފައިވަނީ ހ. ޝީރީންވިލާގެ ނުވަ ވަނަ ބުރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު