ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.

އެ މައްސަލާގައި ހޯދަނީ އިޒްޔާން ފ. ނިލަންދޫ، ރާހީ، އަބްދުލްހަމީދު، 38އ އެވެ.

ފުލުހުން މިއަދު ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ހޯދައި ހައްޔަރު ކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުނީ، އެ މައްސަލަ ފުލުހަށް ހުށަހެޅުމާ އެކު އެ މީހާ ރާއްޖެއިން ފިލައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާތީ ކަމަށެވެ.

ފުލުހުން ބުނީ އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާ އެކު ކުށުގެ ތުހުމަތު ކުރެވޭ މީހުން ހޯދައި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށް މަގުފަހި ކުރުމަށެވެ.

މި ނޯޓިސްތަކަކީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ހޯދާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމަށް ނެރޭ ނޯޓިސްތަކެކެވެ.