އުރީދޫ މޯލްޑިވްސް

އުރީދޫ ހަތަރު ކަސްޓަމަރަކަށް ވޯލްޑް ކަޕްގެ ސެމީ މެޗެއް ބަލަން ދިޔުމުގެ ފުރުސަތު

އުރީދޫ މޯލްޑިވްސްއިން މިއަދު އެކުންފުނީގެ ވޯލްޑްކަޕް ފޯރި 2022 ކެމްޕޭން އިއުލާން ކޮށްފިއެވެ.

އުރީދޫން މިއަދު އިއުލާން ކުރި ކެމްޕޭނާއެކު އެ ކުންފުނިން ވަނީ ހަތަރު ކަސްޓަމަރަކަށް ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕް 2022 ގެ ސެމީ ފައިނަލް މެޗެއް ބަލައިލުމުގެ ފުރުސަތު ލިބޭ ހާއްސަ ލަކީޑްރޯއެއް ތައާރަފުކޮށްފައެވެ. އުރީދޫގެ ހާއްސަ ލަކީޑްރޯ ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ ނިޔަލަށެވެ. ލަކީޑްރޯގެ ނަސީބުވެރި ފަރާތްތައް ހޮވާނީ ނޮވެންބަރު 10 ވަނަ ދުވަހުއެވެ.

ސެމީ ފައިނަލް ބަލައިލުމުގެ ފުރުސަތުގެ އިތުރުން ލަކީ ޑްރޯގެ ބައިވެރިންގެ ތެރެއިން ކޮންމެ ހަފުތާއަކުވެސް ވޯލްޑްކަޕް މާޗެންޑައިޒް އާއި އެހެންވެސް އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.

ވޯލްޑް ކަޕް ފޯރީގެ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ސުޕަ ނެޓް އަދި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނާއި ޕްރީ ޕެއިޑް ރީޗާޖް ކުރައްވާ ކަސްޓަމަރުން، އުރީދޫ ބިލް ޕޭމަންޓް، އާ ޕްލޭނަކަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުން ނުވަތަ ސަބްސްކްރައިބް ކުރާ ކަސްޓަމަރުންގެ އިތުރުން މޫލީ މެދުވެރިކޮށް ވިޔަފާރި ކުރުން ނުވަތަ ޕްރޮމޯޝަނަލް ޕީރިއަޑްގައި އެމް-ފައިސާގެ ހިދުމަތް ބޭނުންކުރުން ފަދަ ހުރިހާ ހިދުމަތެއް ބޭނުންކުރާ ކަސްޓަމަރުންނަށް އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ވޯލްޑްކަޕް ފޯރި ލަކީޑްރޯ އިއުލާނުކޮށްފައިވަނީ އެކުންފުނީގެ 17 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ބޭއްވި ހާއްސަ ފުޓްބޯޅަ އިވެންޓްގެ ތެރެއިންނެވެ. އެ އިވެންޓަކީ އަހަރީ ދުވަހާ ގުޅިގެން ފިޔަވަތީގައި ތިބޭ 50 ކުދިންނާއެކު، ގައުމީ ޓީމުގެ ފަސް ކުޅުންތެރިންނާއެކު ބޭއްވި އިވެންޓެކެވެ. އިވެންޓް ހެންވޭރު ދަނޑުގައި ކުރިއަށް ގެންގޮސްފައިވާ އިރު، އިވެންޓް ފެނިގެން ދިޔައީ ފިޔަވަތީގެ ކުދިންނަށްވެސް ހާއްސަ އުފާވެރިކަމެއް ގެނުވި އިވެންޓަކަށެވެ.

މިއަދުގެ އިވެންޓްގައި ނައިބު ރައީސް ރައީސް ފައިސަލް ނަސީމްގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ބައިވެރިވެވަޑައިގެންފައިވެއެވެ.