ފީފާ ވޯލްޑް ކަޕާ ދިމާކޮށް، އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ "ފުޓްބޯޅަ ފޯރި" ކެމްޕެއިންގެ ދަށުން ކުޑަކުދިންނަށް ހާއްސަ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.
އުރީދޫން މިރޭ ބުނީ އެލައިޑް އިންޝުއަރެންސާއި، އެޗްޑީސީއާ ގުޅިގެން ބާއްވާ މި ހަވީރު އޮންނާނީ މާދަމާ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ. މި ހަރަކާތުގެ ތެރެއިން ފުޓްބޯޅައާ ގުޅުންހުރި ތަފާތު ގޭމްތަކާއި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށް އުރީދޫން ބުންޏެވެ.
"ފުޓްބޯޅަ ފޯރި" ކެމްޕެއިނަކީ ވޯލްޑް ކަޕްގެ ފޯރި ދިވެހި ކަސްޓަމަރުންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް އުރީދޫން ފަށާފައިވާ ހާއްސަ ހަރަކާތެއްކަމަށް އުރީދޫން ބުންޏެވެ. މި ކެމްޕެއިންގެ ދަށުން ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ބޭނުންކުރާ ފަރާތްތަކަށް ތަފާތު އޮފާތަކެއް އުރީދޫންވަނީ ހުޅުވާލާފައެވެ.
އެގޮތުން، ވޯލްޑް ކަޕްގެ މެޗުތައް މީޑިއާނެޓު އެޕް މެދުވެރިކޮށް ފޯނުން ބަލައިލެވޭނެ ހާއްސަ ޕެކޭޖެއް 3 ޖީބީގެ ޑޭޓާއާއެކު މިހާރު ލިބޭނެކަމަށް އުރީދޫން ބުންޏެވެ. މީގެ އިތުރުން، އުރީދޫ ސުޕަނެޓް ކަސްޓަމަރުންނަށް ޖުލައި މަހުގެ ނިޔަލަށް އެއްވެސް އިތުރު އަގަކާ ނުލައި ޕެކޭޖް އަޕްގްރޭޑް ކުރުމުގެ ފުރުސަތު ދިނުމަށްވެސް ނިންމާފައިވާކަމަށް އުރީދޫން ބުންޏެވެ.
އެ މުއްދަތުގެ ތެރޭގައި ސުޕަނެޓް އަޕްގްރޭޑްކުރާ ފަރާތްތަކާއި އަލަށް ހިދުމަތް ހޯދާ ކަސްޓަމަރުންގެ މެދުގައި ނަސީބުވެރިއަކު ހޮވައި، 75 އިންޗީގެ ހައިސެންސް ޓީވީއެއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައިކަމަށް އުރީދޫން ބުންޏެވެ.
މުހައްމަދު އިޝާން
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް