ގަތަރުގައި 2036 ވަނަ އަހަރުގެ އޮލިމްޕިކް އަދި ޕެރަލިމްޕިކް ގޭމްސް ބޭއްވުމަށް ކުރާ ބިޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމް (ސީއީއޯ) އަށް އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ ސުލްތާނާ އަލް ކުވާރީ އައްޔަންކޮށްފި އެވެ.
އެގްޒެކެޓިވް ލީޑާޝިޕްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ކުވާރީ ވަނީ "އުރީދޫ ދޯހާ މެރަތަން" ލޯންޗް ކުރުމުގައި ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ.
ބިޑުގެ ސީއީއޯގެ ހައިސިއްޔަތުން، އަލް ކުވާރީ އިސްކޮށް ހުންނަވައިގެން ގަތަރުގެ ކެމްޕޭންގެ ސްޓްރެޓީޖިކް އޮޕަރޭޝަނަލް އަދި އިންތިޒާމީ ކަންތައްތައް ބަލަހައްޓަވާނެ އެވެ.
މީގެ އިތުރުން ސީއީއޯގެ ހައިސިއްހަތުން ގަތަރުގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ އާއި ދުރުރާސްތާގެ ތަރައްގީގެ ލަނޑުދަނޑިތައް ހިމެނޭ ޕްރޮޕޯޒަލް ތައްޔާރު ކުރުމުގައިވެސް އޭނާ ބައިވެރިވާނެއެވެ.
އަލީ ޔާމިން
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް