ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ފުލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ދަތިތައް ހައްލުކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މެނޭޖުމެންޓެއް އޮފީހެއް ހުޅުވައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ، މެނޭޖުމެންޓް އޮފީސް ހުޅުވާފައިވަނީ ހިޔާ ފްލެޓްގެ 11 ވަނަ ޓަވަރުގައި ކަމަށެވެ. މެނޭޖުމެންޓް އޮފީސް ހުޅުވިފައި ހުންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށްކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ މެނޭޖުމެންޓް އޮފީހުން ހިޔާ ފުލެޓުތަކާ ގުޅުންހުރި މައުލޫމާތު ސާފުކުރުމުގެ އިތުރުން އާންމުންނަށް އިތުރު ލުއިތަކެއް ހޯދައިދިނުމަށް ކުލި ބަލައިގަތުމުގެ އިންތިޒާމުވެސް އެ އޮފީހުން ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުލި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކާޑުން ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ މެނޭޖުމެންޓް އޮފީސް ހުޅުވުމުގެ ބޭނުމަކީ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ގާތުން ބަލައި ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް ބެލުމަށްފަހު ދާއީމީ ހައްލެއް ހޯދައިދިނުމަށް މެއިންޓެނެންސް ޓީމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށްފަހު، އެ މައްސަލަތައް ހައްލުކުރުން ކަމަށެވެ.
ހިޔާ ފުލެޓް ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން އެޗްޑީސީން ވަނީ އެ ސަރަހައްދުގައި 768 އަށްވުރެ ގިނަ ކެމެރާ ވެސް ހަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު