ޒަމާނުއްސުރެން ދިވެހިން ވަކާލާތު ކުރަމުން އައި ހިޔާލު ފާޅުކުރުމުގެ ހައްގުގައި މިހާރު ހިލިހިލާ ޖެހިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތި ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާ ސަބަތުގައި މަރުހަބާ ވިދާޅުވެ ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގައި، ހެތްކާބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި މަސްދަރު ހާމަކުރަންޖެހޭގޮތަށް ހިމަނާފައިވާ މައްސަލައަށް އިޝާރާތް ކުރައްވައެވެ.
ނާޒިމް ވިދާޅުވީ، ރައްޔިތުންނަށް ތެދު ހަބަރު ފެތުރުމުގެ ބޮޑު މަސްއޫލިއްޔަތު ގާނޫނު އަސާސީން ތައްމިނަށް ދީފައިވާ ނޫސްވެރިންނަށް ޖަލުގެ ހުރަގެއަކީ އެމީހުންގެ މަސައްކަތުގެ އެންމެފަހު މަންޒިލް ކަމަށް މިއަދު ވެފައިވާ ކަމަށެވެ.
ޒަމާން ބަދަލުވެ އާ ގާނޫނުއަސާސީ ތައާރަފްވެ، ދައުލަތް ޖަވާބުދާރީ ކުރުވުމަށް ހެދިފައިވާ މުއައްސަސާތަކުގެ ބާރު ކެނޑި، ރައްޔިތުން ގުރުބާންވެގެން ހޯދައިދިން ހައްގުތައް ހަނިކުރަމުން ގޮސް ޑިމޮކްރަސީގެ އެއް އަސާސް ކަމަށްވާ މިނިވަން ނޫސްވެރިކަން ވަނީ ނޭވާ ހޮޅިއަށް އެޅިފައި ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު