މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކް ކޮމްޕެނީ (އެމްޓީސީސީ) އިން ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، އެ ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ 75 ޕަސަންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އޭބީސީ ފަށަލައިގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.
ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ދަނީ ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އެ މަޝްރޫއުގެ ދަށުން 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ. އަދި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި 19،940 މީޓަރުގެ ސަރަހައްދެއްގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.
އެ މަޝްރޫއުގެ އަގަކީ 331.05 މިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު