ދިޔަރެސް ނޫހުގެ ކޯ ފައުންޑާ އަހުމަދު އަޒާނަށް ފުލުހުން ކުރާ ތުހުމަތުތައް އޭނާ ދޮގުކޮށްފިއެވެ.
އައިޖީއެމް ހޮސްޕިޓަލްގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތައް ހުއްދަނެތި އެކްސެސްވި ކަމަށް ތުހުމަތުކޮށް ފުލުހުން ވަނީ މިއަދު އަޒާންއާ ސުވާލުކޮށްފައެވެ.
ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ކުރި ޓުވީޓެއްގައި އަޒާން ބުނީ، އޭނާގެ މައްޗަށް ފުލުހުންކުރާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށެވެ. އަދި އެއީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އުފައްދައިގެން އުޅޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ.
"އަހަރެން ހުރިހާ ތުހުމަތުތަކެއް ދޮގުކުރަން. މައްސަލަ ތަހުގީގުކުރާ އޮފިސަރު ކައިރީގައި ބުނިން މި ތުހުމަތުތަކަކީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އުފައްދައިގެން އުޅޭ ތުހުމަތުތަކެއް ކަމަށް،" އަޒާން ބުންޏެވެ.
އަޒާން ފުލުހަށް ހާޒިރުކުރާތީ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެމްބަރުންނާއި އެ ކޯލިޝަންގެ ސަޕޯޓަރުންނާއި ބައެއް ނޫސްވެރިން ވަނީ ޕޮލިސް ހެޑްކުއާޓާ ކައިރީގައި މިއަދު މުޒާހަރާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު