ދިރުވާލައިގެން ރާއްޖެ އެތެރެކުރަން އުޅުން 8.1 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނީ، އެ ތަކެތި އެތެރެކުރަން އުޅުނީ ހުސްވި ޖޫން މަހުގެ 28 ވަނަ ދުވަހު ވައިގެމަގުން އިތިއޯޕިއާއިން ރާއްޖެ އައި އުމުރުން 41 އަހަރުުގެ އިނގިރޭސި ވިލާތުގެ ދެ ފިރިހެނުން ކަމަށެވެ.
އަތުލައިގެން މަސްތުވާތަކެތި ފެނުނީ، އެ މީހުންގެ އަމަލުތައް ހުރި ގޮތުން ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އެ މީހުންގެ ހަށިގަނޑު ސްކޭން ކުރުމުން ކަމަށާއި އެގޮތުން ދެ މީހުންގެ އެތެރެ ހަށިން 220 ބްލެޓް ނެގި ކަމަށް ބުންޏެވެ.
ކަސްޓަމްސް އިން ބުނީ، އެ ތަކެތީގެ ޖުމުލަ ބަރުދަނުގައި ޕެކިންއާއެކު 2.328 ކިލޯގްރާމް ހުރި ކަމަށެވެ. އަދި އެ ތަކެތީގެ މަގުމަތީގެ އަގު 8.1 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބުންޏެވެ.
މި މައްސަލައިގައި ޝާމިލުވާ މީހުންނާއި އަތުލައިގަތް މަސްތުވާތަކެތި އިތުރަށް ތަހުގީގު ކުރުމަށްޓަކައި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު