ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިންޑިއާއާ ދެމެދު ޝަރުއީ ދާއިރާއަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފިއެވެ.
އިންޑިއާގެ ކެބިނެޓުން އިއްޔެ ވަނީ އެ އެއްބަސްވުމުގައި ސޮއިކުރުމަށް ފާސްކޮށްފައެވެ. ނަމަވެސް މި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައި ވަނީ ކޮންއިރަކު ކަމެއް ނޭނގެއެވެ.
މި އެއްބަސްވުމުގެ ދަށުން ކޯޓުތަކުގައި ޓެކްނޮލޮޖީ ބޭނުންކޮށް، ކޯޓުތައް ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭނެއެވެ. އަދި ދެ ގައުމުގެ ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ފަންނީ އެހީތެރިކަންވެސް ފޯރުކޮށްދިނުން ހިމެނެއެވެ.
މި އެއްބަސްވުން ވެގެންދާނީ ޝަރުއީ ދާއިރާއަށް އެއްބާރުލުން ދިނުމަށް އިންޑިއާއިން އެހެން ގައުމުތަކާއެކު ސޮއިކުރާ އަށް ވަނަ އެއްބަސްވުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު