ޖަރުމަނުގެ ބަޔާން މިއުނިކްގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަކީ ތަފާތު ހުނަރުވެރި ކުޅުންތެރިން ކަމަށާއި، އެޓީމަށް ސީދާ ސެންޓަ ފޯވަޑެއް ބޭނުން ނުވާ ކަމަށް ކުރިން ކްލަބުގެ ފޯވަޑް ލައިން ލީޑު ކުރި ރޮބާޓް ލެވަންޑޯސްކީ ބުނެފިއެވެ.
ބަޔާންގައި އަށް ވަރަކަށް ސީޒަން ހޭދަކުރުމަށްފަހު ލެވަންޑޯސްކީ ކުރިއަށް އޮތް ސީޒަނަށް ވަނީ ސްޕެއިންގެ ބާސެލޯނާއަށް ބަދަލު ވެފައެވެ. ބަޔާނަށް ލެވަންޑޯސްކީ ކުޅުނު 253 މެޗުން އޭނާ ވަނީ 238 ގޯލު ޖަހައިފައެވެ. މިދިޔަ ދެ އަހަރުވެސް ދުނިޔޭ ފުޓުބޯޅައިގެ ރަން ބޫޓު ހޯދި ފޯވާޑް ލެވަންޑޯސްކީ ބާސާއަށް ބަދަލުވެ، ނޫސްތަކަށް ބުނެފައިވަނީ އޭނާ ނެތްތަން ފޫބައްދަން "ނަންބަރު 9" އެއް ގެންދަން ބަޔާނަށް ނުޖެހޭނެ ކަމަށެވެ.
"އަހަންނަށް ހީވަނީ ބަޔާންގައި އެޓޭކިން މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަ ތިބިހެން. ސީދާ ސެންޓަ ފޯވަޑެއް ނުގެންގޮސް ބަޔާނަށް ފަރުޖެއްސޭނެ. ބަޔާން ޓީމަކަށް ސީދާ ސެންޓަ ފޯވަޑެއް ކޮންމެހެން ބޭނުމެއް ނުވާނެ،" އުމުރުން 33 އަހަރުގެ ލެވަންޑޯސްކީ ބުނެފައިވެއެވެ.
ޔޫރަޕްގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފޯވަޑް ލެވަންޑޯސްކީ ބަޔާން ދޫކޮށް ބާސާއަށް ބަދަލުވެފައިވަނީ 50 މިލިއަން ޔޫރޯގެ ޓްރާންސްފާއެއްގައެވެ. ބާސާއަށް ލެވަންޑޯސްކީ ގެންދިޔަ ނަމަވެސް އޭނާގެ ރަޖިސްޓްރީ ކަންކަން ބާސާއަށް އަދި ފުރިހަމަ ކުރެވިފައެއް ނުވެއެވެ. އެއީ ބާސާގެ ފައިސާގެ ހާލަތު ހުރި ގޮތުންނެވެ.
ލެވަންޑޯސްކީ ދިޔަތަން ފޫބައްދަން ބަޔާނުން ސީދާ ސެންޓަ ފޯވަޑަކަށް މަސައްކަތް ކުރާތަން އަދި ނުފެނެއެވެ. ބަޔާނުން މި ޓްރާންސްފާ ސީޒަނުގައި އެޓޭކަށް މިހާތަނަށް ގެންގޮސްފައިވަނީ ލިވަޕޫލްގެ ސަޑިއޯ މާނޭއެވެ.
ރޮބާޓް ލެވަންޑޯސްކީ
ރޮބާޓް ލެވަންޑޯސްކީ
ރޮބާޓް ލެވަންޑޯސްކީ
ރޮބާޓް ލެވަންޑޯސްކީ