ޚަބަރު

ޖަރުމަނަށް ކަނޑައަޅާ ސަފީރު ކަމަށް ޝާން ޝާކިރު، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ޝިއާން

އަލީ ޔާމިން

ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.

ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ރައީސް އައްޔަނުކުރެއްވީ އާއިޝަތު ޝާން ޝާކިރެވެ. އޭނާ ކުރިން ހުންނެވީ، ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެެވެ.

އެހެންވެ، ރައީސް މިއަދު ވަނީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށްވެސް ބޭފުޅަކު އައްޔަނުކުރައްވައިފައެވެ. އެ މަގާމަށް އައްޔަނުކުރެއްވީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީކަމުގައި ހުންނެވި އަހުމަދު ޝިއާނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ދެބޭފުޅުންނަަށްވެސް ރައީސް ސޯލިހު ވަނީ މަގާމުގެ ފަތްކޮޅު އަރުވައިފައެވެ.