ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
އެ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
އެ ގާނޫނަކީ ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރާއިރު، އެ އުފެއްދުންތަކާ އެކަށީގެންވާ އުމުރުފުރާތަކަށް ކަނޑައެޅޭ ގިންތިތަކަށް ފެތޭގޮތަށް އާންމުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.
އެ ގާނޫނުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތަކަކީ އެ އުފެއްދުމެއް އާންމުކުރާއިރު އެ އުފެއްދުމަކާ އެކަށީގެންވާ އުމުރުފުރާއަކަށް ކަނޑައެޅޭ ގިންތިއަކަށް ފެތޭގޮތަށް އާންމުކުރެވޭ އުފެއްދުންތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް އެކަށައެޅުމެވެ.
އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު، އެ ގާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކޮށް، އެ ގާނޫނު ތަންފީޒުކުރާނީ ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުންނެވެ.
އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހެއެވެ.
އެ ގާނޫނަށް މިއަދު އަމަލުކުރަން ފެށުމާއެކު "އާންމު ގަވާއިދުތަކާބެހޭ ގާނޫނު"ގެ ދަށުން ގެ ޖަދުވަލު އެކެއްގައި ހިމެނޭ "ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ގަވާއިދު" އާއި "ރީބްރޯޑްކާސްޓްކުރާ ޗެނަލް ކްލެސިފައިކުރުމުގެ ގަވާއިދު" އާއި "ދިވެހިރާއްޖޭގައި ޝާއިއުކުރާ އަދަބިއްޔާތު ފާސްކުރުމުގެ ގަވާއިދު" ވަނީ މިއަދު އުވިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު