މިއަހަރުގެ ބޮޑުއީދު ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އައްޑޫ "އީދި ސަމާ" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ޕްރޮގްރާމުގައި އީދު ސައި، މަސް ރޭސް އަދި ބަށިކުޅުން ފަދަ އީދުގެ ގިނަ ހަރަކާތްތަކެއް ހިމެނެއެވެ.
ދިރާގުން ބުނީ އެ ހަރަކާތްތަކުގެ ތެރެއިން އައްޑު އަތޮޅު މަރަދޫ އަދި ހިތަދޫގައި އޮންނަ އާއިލީ ހަވީރާއި ފަޔާވޯކްސް އަދި މިއުޒިކް ޝޯއަށް ދިރާގުން އެއްބާރުލުންދޭނެ ކަމަށެވެ.
އަދި މިފަދަ އިޖުތިމާއީ އަދި ސަގާފީ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަކީ ދިރާގުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށާއި ރަށްރަށުގެ އެކި ޖަމާއަތްތަކާއި ގުޅިގެން މިފަދަ ހަރަކާތްތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އަބަދުވެސް ކުރަމުންގެންދާ މަސައްކަތެއް ކަމަށްވެސް ބުންޏެވެ.
ދިރާގުން ދަނީ ރާއްޖޭގެ ސަގާފީ އާދަކާދަތައް ކުރިއަރުވައި ދެމެހެއްޓުމަށް ހިންގާ އެކިއެކި ހަރަކާތްތަކާއި ޕްރޮގްރާމްތަކަށް ކެނޑިނޭޅި އެއްބާރުލުންދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު