ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އިމާރާތް މަސައްކަތް ޕްލޭނިން މިނިސްޓްރީން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނި ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމުއެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނި ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ދޮންބޭޒްގެ އޮޕަރޭޝާންސް ހެޑް އަލީ ހަމްދޫނުއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، ކުޅުދުއްފުށިގައި އިމާރަތް ކުރަން ހަމަޖެހިފައިވާ 400 ހައުސިން ޔުނިޓުތަކުގައި 1000 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ފާހަނާގެ އިތުރުން ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޯމް ހިމެނޭނެ ކަމަށެވެ
11 ބުރިއަށް އިމާރާތްކުރާ އެ ހައުސިން ޔުނިޓުތަކުގައި ހުންނާނީ ދެ ލިފްޓު ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
އެ ޔުނިޓުތަކުގެ ގްރައުންޑް ފްލޯ ކޮމާޝަލް އަދި މެއިންޓެނަންސް އޮފީސް ގާއިމުކުރަން ހަމަޖެހިފައިވާއިރު، ކޮންމެ އެޕާޓްމަންޓަކަށް ސައިކަލު ޕާކިން ޖާގައެއް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި އަދި ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމު ކުރުމަށްޓަކައި ހައުސިން ޔުނިޓުތައް ވަށައިގެން އަލިކޮށް، ޕާކެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން، ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ކުންފުނި ޓުވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑްއާ ހަވާލުކުރީ 439 މިލިއަން ރުފިޔާއަށް 540 ދުވަސް ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު