މާލެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގައި ތެލުގެ އަގު އުފުލުމާ ގުޅިގެން މިއަދުން ފެށިގެން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަގު ބޮޑުވާނީ މިރޭ 12:00 އިން ފެށިގެންނެވެ.
- މާލެ، ހުޅުމާލެ އެތެރޭގެ ދަތުރުތަކަށް - 30 ރުފިޔާ
- މާލެ އިން ހުޅުމާލެ ފިޔަވަހި އެކަކަށް - 85 ރުފިޔާ
- މާލެ އިން ހުޅުމާލެ ފިޔަވަހި ދޭކަށް - 100 ރުފިޔާ
- މާލެ އިން ހުޅުލެއަށް - 70 ރުފިޔާ
- ހުޅުމާލެ ފިޔަވަހި އެކަކުން ހުޅުލެއަށް - 80 ރުފިޔާ
- ހުޅުމާލެ ފިޔަވަހި ދޭކުން ހުޅުލެއަށް - 85 ރުފިޔާ
- ހުޅުމާލެ ފިޔަވަހި އެކަކުން ހުޅުމާލެ ފިޔަވަހި ދޭކަށް - 40 ރުފިޔާ
ޓްރާންސްޕޯޓުން ޓެކްސީ ދަތުރުގެ އަގު ބޮޑުކޮށްފައިވަނީ ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގުބޮޑުކުރުމުން މާލެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޑްރައިވަރުން މިދިއަ މަހުގެ 30 ވަނަ މަޝްވަރާކޮށްފައި ވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު