ސިވިލް ކޯޓުގެ ގާޒީ ޒުބެއިރު މުހައްމަދު އެ ކޯޓުގެ ގާޒީގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.
ޖުޑީޝަން ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މީޑިއާ އޮފިޝަލް މިއަދު "ވަން" ވިދާޅުވީ، ގާޒީ ޒުބެއިރު އިސްތިއުފާ ހުށަހަޅުއްވައިފައިވާ ކަމަށެވެ. އަދި އިސްތިއުފާ ހުށަހެޅުއްވީ މިދިޔަ މަހުގެ 17 ގައި ކަމަށެވެ.
ގާޒީގެ މަގާމުން އިސްތިއުފާ ދެއްވަން ޒުބެއިރު ނިންމެވިއިރު، އޭނާ ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް ވެސް ކުރިމަތިލައްވައިފައެވެ.
ސިވިލް ކޯޓުގެ ގާޒީގެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ.
އޭނާ ވަނީ މީގެ ކުރިން ހުންނެވީ ޑްރަގް ކޯޓުގެ ގާޒީކަމުގެ މަގާމުގައެވެ. އޭގެ ކުރިން ވަނީ މެޖިސްޓްރޭޓުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު