ހުޅުމާލޭ ފޭސް ދޭއްގައި އިމާރަތްކޮށްފައިވާ ހިޔާ ފްލެޓްގެ ޓަވަރެއްގައި ޕޮލިސް ސްޓޭޝަނެއް ހުޅުވައިފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ، ޕޮލިސް ސްޓޭޝަން ހުޅުވީ ހިޔާގެ އެޗް4 ޓަވަރުގެ ގްރައުންޑް ފްލޯގައި ކަމަށެވެ.
ފުލުހުން ބުނީ، މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލްމައްނާން ޔޫސުފް ކަމަށެވެ.
އެ ޕޮލިސް ސްޓޭޝަނަކީ ފުލުހުންގެ ހިދުމަތް އާންމުންނަށް ވީހާ ވެސް ގާތުން އަދި ފަސޭހަކަމާ އެކު ދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި މުހިންމު ފެށުމެއް ކަމަށް ފުލުހުން ބުންޏެވެ.
މީގެ ކުރިން ފޭސް ދޭއްގައި ފުލުހުންގެ ހިދުމަތް ދެމުން އައީ ޕޮލިސް ޕޯސްޓުތަކެއް ހަދައިގެންނެވެ.
ޚަބަރު
ޚަބަރު