ރާއްޖޭގެ މޫސުން ގޯސްވެ، ބައެއް ރަށްރަށަށް އުދަ އަރައި، ލިބެމުންދާ ގެއްލުންތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އަވަހަށް އެހީ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މިއީ އެންމެން އެއްބައިވާންވީ ވަގުތު ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ރާއްޖޭގެ މޫސުން ގޯސްވެ، އިއްޔެއިން ފެށިގެން ރާއްޖޭގެ ގިނަ ރަށްތަކަށް އަރަމުންދާ އުދައިގެ ސަބަބުން ގޯތިގެދޮރަށާއި ދަނޑުބިންތަކާއި މުދަލަށް ދަނީ ގިނަ ގެއްލުންތަކެއް ލިބެމުންނެވެ. ބައެއް ގެތަކުގައި މީހުން ދިރިނޫޅެވޭ ވަރަށް އުދައިގެ އަސަރު ވަނީ ކޮށްފައެވެ.
އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އުދައިގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ކުރިމަތިވެފައިވާ ހިތާމައިގައި އެ ޕާޓީން ބައިވެރިވާ ކަމަށެވެ.
މިވަގުތަކީ އެންމެން އެއްބައިވަންތަކަމާ އެކު މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި އަދި ގެއްލުން ލިބުނު ފަރާތްތަކަށް ކަމާބެހޭ ފަރާތްތަކުން އަވަހަށް އެހީ ފޯރުކޮށްދޭނެ ކަމަށް އެ ޕާޓީން ޔަގީންކުރާ ކަމަށްވެސް ބުންޏެވެ.
ޖޭޕީން ބުނީ، މިިމިދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރަކަށް ވާތީ ގިނަ ބަޔަކު ދަތުރު ކުރިޔަސް، ދަތުރުތައް ކުރާއިރު ކަމާބެހޭ ފަރާތްތަކުން ދޭ ލަފައަށް އަމަލުކުރަން އެދޭ ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު