ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު މައި ޕާޓީ ޕީޕީއެމް ބަލިކޮށް، ށ. ކޮމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެމްޕީ)ގެ ކެންޑިޑޭޓް ޒައީމާ އާދަމް ކާމިޔާބުކޮށްފިއެވެ.
މިއަދު ބޭއްވި ކޮމަންޑޫ ޑަބްލިއުޑީސީ ބައި އިލެކްޝަން އެމްއެންޕީން ކާމިޔާބު ކޮށްފައިވާއިރު، މިއީ އެ ޕާޓީން ކާމިޔާބު ކުރި ފުރަތަމަ އިންތިހާބެވެ.
މިއަދު ބޭއްވި ކޮމަންޑޫ ޑަބްލިޔުޑީސީ ބައި-އިލެކްޝަންގައި ވަނީ ދެ މެންބަރަކު އިންތިހާބު ކޮށްފައެވެ. ދެ ގޮނޑީގެ ތެރެއިން އެމްއެންޕީގެ ޒައީމާ އާދަމް އެއް ގޮނޑި ކާމިޔާބުކުރި އިރު، އަނެއް ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީން ވާދަކުރި އައިޝަތު ވަހީދާއެވެ.
އެމްއެންޕީގެ ކެނޑިޑޭޓަށް މި އިންތިހާބުގައި 334 ވޯޓު ލިބިފައިވާއިރު، މި އިންތިހާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދި އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު ވަހީދާއަށް ލިބިފައިވަނީ 288 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބުނީ 223 ވޯޓެވެ.
މިއަދު ވަނީ ށ. ޅައިމަގާއި އއ. ތޮއްޑޫގެ އިތުރުން ކ. ތުލުސްދޫ ޑަބްލިޔުޑީސީގެ ބައި އިލެކްޝަންވެސް ކުރިއަށް ގެންގޮސްފައެވެ. ތޮއްޑޫ ބައި އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު މަޖުދާ ކާމިޔާބުކުރި އިރު، ޅައިމަގު ޑަބްލިޔުޑީސީ ބައި އިލެކްޝަންވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އެ އިންތިހާބު ކާމިޔާބުކުރީ އެމްޑީޕީ ކެންޑިޑޭޓް މަރްޔަމް ޒުހުރާއެވެ. ތުލުސްދޫ ބައި-އިލެކްޝަން ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް އައިޝަތު ރަޝާދެވެ.
ޚަބަރު
ޚަބަރު
ޚަބަރު