ކުރީގެ އެންވަޔަަރަމަންޓް މިނިސްޓަރު އިބްރާހިމް ތޯރިގުގެ މަންމަ ކޮވިޑް-19 ޖެހިގެން ނިޔާވެއްޖެއެވެ.
ތޯރިގުގެ މަންމަ ގ. ނޫމަރާހިޔާ، ރަހީމާ މޫސާދީދީ، 76އ. ނިޔާވީ މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.
މިއީ މި މަސްތެރޭގައި ކޮވިޑް ބަލީގައި މަރުވި ފަސް ވަނަ މީހާއެވެ. އެ ބަލީގައި ރާއްޖެއިން އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އެއީ އުމުރުން 77 އަހަރުގެ އަންހެނެކެވެ.
މި މަރާއެކު ކޮވިޑު ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 306 އަށް އަރައިފައެވެ. އެއީ 287 ދިވެހީންނާއި 19 ބިދޭސީންނެެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު