ހުޅުމާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ޅ. ނައިފަރު / ލޮޓަސްމާގެ، ޝިއުނީ ހުސައިން ސިޔާނު (18އ) ނަމަކަށް ކިޔާ އަންހެނަކު ހޯދަމުންދާ ކަމަށެވެ.

ޝިއުނީއަށް ވީނުވީއެއް ނޭނގި އާއިލާއަށް އެއްވެސް ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އެއަންހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިހާތަނަށް ކުރެވެނު މަސައްކަތުން ހޯދިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން ޝިއުނީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.