ކުރިއަށް އޮތް ދިރާސީ އަހަރަށް ތައްޔާރުވަމުން އަންނަ ބެލެނިވެރިންނަށް އޮންލައިންކޮށް ފޮތްލިސްޓަށް އޯޑަރުކޮށް ކޮށްލުމުގެ ފަސޭހަ ފަހި ކޮށްދިނުމަށް އުރީދޫން ނޮވެލްޓީ ބުކްޝޮޕާއެކު ޕާޓްނާޝިޕެއް ގާއިމްކޮށް "ބެކް ޓު ސްކޫލް" ޕްރޮމޯޝަނެއް މިއަދު ތައާރަފުކޮށްފި އެވެ.
އުރީދޫން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ކޮންމެތާކުން އަދި ކޮންމެވަގުތެއްގައިވެސް މޫލީ މެދުވެރިކޮށް ފޮތްލިސްޓަށް އޯޑަރުކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. އަދި މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މޫލީ މެދުވެރިކޮށް އޯޑަރު ކުރާ ކަސްޓަމަރުންނަށް ފޮތްލިސްޓްގެ އިތުރުން ސްކޫލް ދަބަސް، ސްޓިކާ ޕެކް، ސެލޯފޭން އަދި ނަންކާޑު ހިމެނޭ ހާއްސަ ގިފްޓް ޕެކެއް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް މިއަދު ވިދާޅުވީ އުރީދޫގެ އަމާޒަކީ ފޮތްލިސްޓް ހޯދުމަށް ބެލެނިވެރިން ދަތުރުފަތުރުކުރުމާއި ކިއުގައި ޖެހުން ފަދަ ތަކުލީފު ނައްތައިލުން ކަމަށާއި ފޮތްލިސްޓްގެ އިތުރުން ބެލެނިވެރިންނަށް ސްކޫލަށް ބޭނުންވާ އެހެނިހެން ސްޓޭޝަނަރީ ފަދަ ތަކެތި ވެސް މޫލީ މެދުވެރިކޮށް އޯޑަރު ކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރީކޮށްދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތް އަހަރަކީ ހުރިހާ ދަރިވަރުންނަށްވެސް ބާއްޖަވެރި އަދި އުފާވެރި އަހަރަކަށްވުން،" ނިޔާޒް ވިދާޅުވިއެވެ.
މޫލީ މެދުވެރިކޮށް ފޮތްލިސްޓަށް އޯޑަރުކުރުމަށް މޫލީ ވެބްސައިޓްގެ "ބުކްސް އެންޑް ސްޓޭޝަނަރީ" ކެޓަގަރީގެ ދަށުން ސްކޫލަށް ބޭނުންވާ ސާމާނު ފެނިވަޑައގަންނަވާނެ އެވެ. ޗެކްއައުޓް ކުރާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދޭ ވައުޗަރު ކޯޑާއި ސްޓޫޑެންޓް އައިޑީ ކާޑު ނަމްބަރު ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖަހާލަންޖެހޭނެއެވެ. އޯޑަރުކުރާ ތަކެތި ޑެލިވަރީ ކުރުމުން، އެފޮތްލިސްޓް އޯޑަރުކުރުމަށް ބޭނުންކޮށްފައިވާ ވައުޗަރު، ޑެލިވަރީ ކުރާ ފަރާތާ ހަވާލުކޮށްލަންޖެހޭނެއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިލޭ ފޯރުކޮށްދޭ ފޮތްލިސްޓާއި ސްޓޭޝަނަރީގެ އިތުރުން، އިތުރު ސްޓޭޝަނަރީ ބޭނުންވާ ބެލެނިވެރިންނަށް ގޯލްޑް ނުވަތަ ޕްލެޓިނަމް ޕެކޭޖަށް އޯޑަރު އަޕްގްރޭޑް ވެސް ކުރެވޭނެއެވެ. މިޕެކޭޖުތަކުގައި ފޮތްލިސްޓްގެ އިތުރުން މެޕްޑް ކަލާ ޕެޕްސް ވޯޓާކަލާ މެޓަލް ސެޓް 24 ކުލަ، ފެބާކަސަލް ވޯޓަ ކަލާ ޓިއުބް، ކެމަލް އާޓިސްޓް އޮއިލް، ސްޓެޓެޑްލާ އެރްގޯސޮފްޓް ކަލާ ޕެންސިލް ފަދަ ޕްރިމިއަމް ބްރޭންޑްތަކުގެ ޕްރިމިއަމް ސްޓޭޝަނަރީތައް ހިމެނެއެވެ. މި ޕެކޭޖުތަކުގައި ހިމެނޭ ތަކެތި ކަނޑައެޅިފައިވަނީ ފޮތްލިސްޓު ނަގާ ގްރޭޑަށް އެކަށޭނެހެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު