އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު މިއަދު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި މިއަދު ވަނީ ނާޒިމު ބިދޭސިއަކާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑިއޯއެއް އާންމުވެފައެވެ.
އެ ވީޑިއޯއާ ގުޅިގެން ނޫސްވެރިން ފުލުހުންނާ ސުވާލުކުރަން ފެށުމުން ބުނީ، އެ ވީޑިއޯގެ މައްސަލަ އާއި އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ނާޒިމް މިރޭގެ ވަގުތެއްގައި ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ނުކުންނަ ވީޑިއޯއެއް ނޫަސްވެރިޔަކު ވަނީ އާންމުކޮށްފައެވެ. ނާޒިމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ސުވާލުކުރިޔަސް އެކަމާ ގުޅޭގޮތުން ފުލުހުން އަދި މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. އެހެންވެ، އޭނާއާ ސުވާލުކުރީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ކަމެއް ނުވަތަ ބްލެކްމެއިލްގެ މައްސަލައިގައި ކަމެއް އަދި ސާފެއް ނުވެއެވެ.
އެ ވީޑިއޯ އާންމުވުމާއެކު ނާޒިމް ވަނީ ވީޑިއޯއިން ފެންނަނީ އޭނާ ކަމަށް އިންކާރުކުރައްވައިފައެވެ. ނަމަވެސް ގިނަބަޔަކު ވަނީ އެއީ ނާޒިމް ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމަށް ގޮވާލައިފައެވެ.
ނާޒިމް ވިދާޅުވީ، އެ ވީޑިއޯއަކީ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅުންހުރި މީހުންގެ މައުލޫމާތު އާންމުކުރާތީ އޭނާ ބަދުނާމުކުރުމުގެ ގޮތުން އާންމުކުރި ވީޑިއޯއެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު