އެހެން ގައުމުތަކުގެ ރައްޔިތުން ރާއްޖޭން ދިއުމަށް ގޮވާލުމާއި އެގެން ގަމުތަކުގެ ދިދައަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށެއްކަމަށް ހެދުމަށް އެޓާނީ ޖެނެރަލްގެ އިބްރާހިމް ރިއްފަތު ނިންމަވައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، ގާނޫނުލް އުގޫބާތައް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަން އާއްމާއި ރައްކާތެރިކަމާއި އަހުލާގި މިންގަނަޑުތަކާގުލޭ ކުށްތަކުގެ ތެރޭގައި، ދިވެހި ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ. އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާން ކުރުމަށްޓަކައި، އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުންވެސް މި ބިލު ހުށަހެޅުމުގެ ބޭނުމުުގެ ތެރޭގައި ހިމެނެއެވެ.
- އެހެން ގައުމެއްގެ ދިދަ އަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލު ގެނައުން
- އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުން ދިނުން ނުވަތަ ގެއްލުން ދިނުމަށް ގޮވާލުން
- އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަ ކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން
- އެހެން ގައުމެއްގެ ރައްޔިތަކަށް ވީގތީ ދިވެހި ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުން
ޚަބަރު
ޚަބަރު
ޚަބަރު