އެމްޓީސީސީ ނޯތު ލީގުގެ ދެވަނަ ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުތައް ދިއްދޫ ބީއެކްސް ސްޕޯޓްސް ކްލަބާއި ކުޅުދުއްފުށީ ޒިގްޒެގު ފޯ ޔޫތު ލިންކޭޖުން ކާމިޔާބުކޮށްފިއެވެ.
އަންނަ ސީޒަނުގެ ލީގަށް އިއުލާންކޮށްފައިވާ އާ ފޯމެޓުގެ ދަށުން ރާއްޖެ ބަހާލާފައިވަނީ ހަތަރު ޒޯނަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ. އަތޮޅެވެ.
ނޯތު ޒޯންގެ ގްރޫޕް ބީއަކީ ށ އަތޮޅުގެ ބުރެވެ. އެ މެޗުތައް ފަށާ ގޮތަށް ޝެޑިއުލްކޮށްފައި އޮތީ އަންނަ މަހު 17 ގައެވެ. އެއަށް ފަހު ގްރޫޕް ސީ ނ. އަތޮޅުގެ މެޗުތައް އޮގަސްޓް އެކެެއްގައި ފަށައި އިރު، ގްރޫޕް ޑީ، ރ އަތޮޅު ފަށަން ނިންމާފައި އޮތީ އޮގަސްޓް 24 ގައެވެ.
ނޯތު ލީގުގެ ގްރޫޕް އޭގެ މެޗުތައް ހޯސްޓްކުރަނީ ދިއްދުއާއި ހަނިމާދޫގައެވެ. ނޯތު ލީގުގެ ޑިވިޝަން ދޭއްގައި ވާދަކުރާ ރަށްތަކަކީ ނެއްލައިދޫ، އިހަވަންދޫ، ދިއްދޫ، ހަނިމާދޫ އަދި ކުޅުދުއްފުއްޓެވެ. ކޮންމެ ރަށަކުންވެސް މުބާރާތުގައި ވާދަކުރާނީ އެއް ޓީމެވެ. ނޯތު ލީގުގެ ގްރޫޕް އޭގެ މެޗުތައް ހޯސްޓްކުރަނީ ހއ. ދިއްދުއާއި ހދ. ހަނިމާދޫގައެވެ.
ނޯތު ލީގުގެ ގްރޫޕު އޭގައި ފަސް ޓީމަކުން ވާދަކުރާ އިރު، ކުޅުދުއްފުށީ ޒިގްޒެގުން ކުޅުނު ދެ މެޗުވެސް ވަނީ މޮޅުވެފައެވެ. އިއްޔެ ކުޅުނު މެޗުގައި ޒިގްޒެގުން ނެއްލައިދޫގެ ޓީމް ނެއްލައިދޫ ބަލިކުރީ 7-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ޒިގްޒެގުން ޖެހި ފުރަތަމަ ގޯލަކީ މުހައްމަދު އާދަމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޒިގްޒެގުގެ ގޯލުތައް ދެން ޖަހައިދިނީ މުހައްމަދު ނަޝީދާއި އުސައިދު އަލީ، ޒައިދު މުހައްމަދު އަދި އަހުމަދު ޝާހީން ބަޝީރެވެ. ނަޝީދު ވަނީ މެޗުގައި ހެޓްރިކް ހަދައިފައެވެ.
ހަނިމާދޫގައި އިއްޔެ ކުޅުނު މެޗުގައި ދިއްދޫ ބީއެކްސް ސްޕޯޓްސް ކްލަބުން ހަނިމާދޫގެ ޓީމް ހަނިމާދޫ ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ. އަބްދުﷲ ވާސިރާއި އަލީ ސަލީމް ޖެހި ގޯލުތަކުން މެޗުގައި ހަނިމާދޫން ފުރަތަމަ ލީޑު ނެގި ނަމަވެސް ބީއެކްސްއިން ވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައިފައެވެ. އެ ތިން ގޯލަކީވެސް ހުސައިން ޒިމްޔާން ޖެހި ގޯލުތަކެވެ.
މިހާރު ކުޅޭ ޒޯނުތަކުގެ ޑިވިޝަން ދެއެއްގެ ކޮންމެ ގްރޫޕަކުން ދެ ޓީމެއް، ޑިވިޝަން އެކަކަށް ޕްރޮމޯޓްވާނެއެވެ. ޑިވިޝަން އެކެއްގެ ޗެމްޕިއަން، 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓްވާނެއެވެ.
ދިވެހި ޕްރިމިއާ ލީގު 2023/2024 ވަނަ އަހަރު ފަށާއިރު އޮންނާނީ މި ވަގުތުވެސް ޕްރިމިއާ ލީގުގައި އޮތް އަށް ޓީމުގެ އިތުރުން ހަތަރު ޒޯން ލީގުގެ ޗެމްޕިއަނުންނެވެ. މީގެ ތެރެއިން މާލެ ހިމެނޭ ޒޯން ހަތަރެއްގެ ލީގުގެ ޗެމްޕިއަން ގޮތުގައި 2023/2024 ވަނަ އަހަރުގެ ލީގަށް ކަނޑައަޅާނީ 2022 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުން ކަމަށް ވަނީ ނިންމައިފައެވެ. ދެން އޮތް ތިން ޖާގަ ލިބޭނީ ޒޯން ލީގު ޗެމްޕިއަނުންނަށެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު