ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ށ. ފުނަދޫ އާއި ނ. ހޮޅުދުއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު މީޑިއާތަކަށް މިއަދު ވިދާޅުވީ ރައީސް މިމަހުގެ 17 އިން 19 އަށް ފުނަދޫ އާއި ހޮޅުދުއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.
އެ ދަތުރުފުޅުގައި ތެރެއިން ފުނަދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.