އިޓަލީގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ، ލެޖެންޑް އަންދްރޭ ޕިރްލޯ ތުރުކީގެ ސުޕަ ލީގް ކުލަބް ފާތިހު ކަރަގުމްރުކްގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.
ޕިރްލޯ އެ ކުލަބާއެކު ހަދާފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އުމުރުން 43 އަހަރުގެ ޕިރްލޯ އެ ކުލަބާ ގުޅުމުގެ ކުރިން ހުރީ ކުޑަ ޗުއްޓީއެއްގައެވެ. އޭނާ އެންމެފަހުން ޓީމެއްގެ ކޯޗުގެ މަގާމުގައި ހުރީ 2021ގެ މެއި މަހުގައެވެ. ޔުވެންޓަސްއިން އޭނާ ކޯޗުކަމުން ވަކިކުރި އަހަރުވެސް އިޓަލިއަން ކަޕާއި ސުޕަ ކަޕުވެސް ކާމިޔާބުކުރިއެވެ.
ޕިރްލޯ ޔުވެންޓަސްގެ ކޯޗުކަމުގެ ވަކިކޮށްފައި ވަނީ ލީގުގެ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އެ އަހަރު ސެރެއާ އޭ ޔުވެންޓަސްއަށް ގެއްލުނީ 2012 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށެވެ. އެ އަހަރު ޔުވެންޓަސްއިން ނިންމާލީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ.
އިޓަލީގެ ގައުމީ ޓީމަށް 116 މެޗު ކުޅެފައިވާ ޕިރްލޯއަކީ ފަހުގެ ތާރީހު ދުށް އެންމެ ކުޅަދާނަ އެއް މިޑްފީލްޑަރެވެ. އޭނާ ވަނީ ކެރިއަރުގައި އިންޓަ މިލާނާއި އޭސީ މިލާނުގެ އިތުރުން ޔުވެންޓަސްއަށްވެސް ގިނަ މެޗުތަކެއް ކުޅެފައެވެ. 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުވެސް ގައުމީ ޓީމާއެކު ޕިރްލޯ އުފުލާލި އިރު، އޭނާ ހަވާލުވި ފާތިހު ކަރަގުމްރުކް ޓީމަަށް އަދި ތުރުކީ ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ނަވާރަސަތޭކަ ސައްބީސް ވަނަ އަހަރުގެ އުފެދުނު ފާތިހު ކަރަގުމްރުކް މިދިޔަ ސީޒަން ނިންމާލީ ލީގު ތާވަލުގެ އަށް ވަނައިގައެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ