މި އަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖޭގެ ޓޫރިޒަމަށް 56 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 729،010 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 468,387 ޓޫރިސްޓުންނެވެ. އެހެންކަމުން އެއީ 56.5 ޕަސެންޓުގެ އިތުރުވުމެކެވެ.
ދެހާސް ނަވާރަ ވަނަ ވަނަ އަހަރުގެ ޖޫން މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 780،931 އެވެ. އެ އަދަދު މިއަހަރުގެ މިހާތަނަށް އަޅައި ކިޔާ ނަމަ، އެއީ 6.2 ޕަސެންޓުގެ ދަށްވުމެކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރީ 732,884 ފަތުރުވެރިންނެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު