ހއ. ވަށަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ގޮނޑި އިދިކޮޅު ޕީޕީއެމަށް ލިބިއްޖެއެވެ.
ޕީޕީއެމްގެ ކެންޑިޑޭޓު ހއ. ވަށަފަރު ނިއުފޯސް، ޒުހާ އިބްރާހިމަށް އެ ގޮނޑި ލިބުނީ އިންތިހާބުގައި ވާދަކުރަން ހުޅުވާލި މުއްދަތުގައި އޭނާ ފިޔަވައި އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ އިންތިހާބަކަށް ނުގޮހެވެ.
ވަށަފަރުގެ ގޮނޑި އިންތިހާބަކާ ނުލައި ޕީޕީއެމްއަށް ލިބުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި ޕީޕީއެމްގެ ޒުހާ އިބްރާހީމް އެކަނި ކުރިމަތިލުމުން އޭނާވަނީ އިންތިހާބަކާނުލައިހޮވިފަ. މަރުހަބާ ޕީޕީއެމް. ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު މަގުސަދަކީ އިންތިހާބުތަކުގައި ވާދަކުރުން. އެހެންޕާޓީތައް ކޮބައިތޯ؟" ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
ވަށަފަރު ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެޖޯރިޓީ އޮތީ ޕީޕީއެމަށެވެ.
ޕީޕީއެމުން ވަނީ މިފަހުން ބޭއްވި ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންވެސް ކާމިޔާބުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު