ފަތުރުވެރިކަމަށް ރަށް ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ލީޒް އެކުއިޒިޝަން ކޮސްޓް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ރައީސުލްޖުމްހޫރިއްޔާގެ ގަރާރު "ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރުން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގޭނެ މުހިންމު މަޝްރޫއުތައް ކަނޑައެޅުން" ގެ ދަށުން ކްރޮސް ސަބްސިޑީ އުސޫލުން ފަތުރުވެރިކަން ތަރައްގީކުރުމަށް ރަށްރަށާއި ފަޅުތަކުގެ ލީޒް އެކުއިޒިޝަން ކޮސްޓް ކަނޑައަޅައިފައިވާ ކަމަށެވެ.

  • ފަޅުތައް ފަތުރުވެރިކަމަށް ދޫކުރުމަށް ހަމަޖެހިފައިވާ ލީޒް އެކުއިޒިޝަން ކޮސްޓް
  • ރަށްތައް ފަތުރުވެރިކަމަށް ދޫކުރުމަށް ހަމަޖެހިފައިވާ ލީޒް އެކުއިޒިޝަން ކޮސްޓް
  • ހއ. އަތޮޅުން ހދ. އަތޮޅަށް 1،000،000 - 3،000،000 ޑޮލަރު
  • ށ. އަތޮޅު - 1,500,000 - 3،000،000 ޑޮލަރު
  • ނ. އަތޮޅުން ޅ. އަތޮޅަށް - 3,000,000 - 5,000,000 ޑޮލަރު
  • ކ. އަތޮޅު - 5,000,000 ޑޮލަރު
  • އއ. އަތޮޅުން ވ. އަތޮޅަށް - 3,000,000 - 5,000,000 ޑޮލަރު
  • މ. އަތޮޅުން ދ. އަތޮޅަށް - 2,000,000 - 5,000,000 ޑޮލަރު
  • ތ. އަތޮޅުން ލ. އަތޮޅަށް - 1,500,000 - 3،000،000 ޑޮލަރު
  • ގއ. އަތޮޅުން ސ. އަތޮޅަށް - 1،000،000 - 3،000،000 ޑޮލަރު