ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ބެލްޖިއަމްގެ ސަފީރުކަމަށް ސްރީލަންކާއަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި އުމަރު އަބްދުއްރައްޒާގު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެ މަގާމަށް އުމަރު އައްޔަކުރެއްވީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.
ޖަޕާންގެ ސަފީރުކަމަށް ރައީސް ސޯލިހު މިއަދު އައްޔަން ކުރެއްވީ، އީޔޫއަށާއި ބެލްޖިއަމްގެ ސަފީރުކަމުގެ މަގާމު އަދާކުރައްވަމުން ގެންދިޔަ ހަސަން ސޯބިރުއެވެ.
ހަސަން ސޯބިރު އެމަގާމަށް އައްޔަން ކުރެއްވީ، އެ މަގާމުގައި ހުންނެވި އިބްރާހީމް އުވެއިޒް މަގާމުން ވަކިކުރެއްވުމަށްފަހުއެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ އުމަރަށާއި ސޯބިރުގެ މަގާމު ބަދަލުކުރަން ރުހުން ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު