މި ޓްރާންސްފާ ސީޒަނުގައި މިހާތަނަށް ވަރުގަދަ ޓްރާންސްފާތައް ނިންމިފައި އޮތް ނަމަވެސް، އަދިވެސް އިތުރު ކުޅުންތެރިން ގެންދާނެ ކަމަށް ކްލަބުގެ ޗެއާމަން ކަލްދޫން އަލް މުބާރާކް ވިދާޅުވެއްޖެއެވެ.
ސިޓީން މި ޓްރާންސްފާ ސީޒަނުގައި މިހާތަނަށް ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ފޯވަޑް އާލިން ހާލަންޑް ޑޯޓުމަންޑުން ގެންގޮސްފައެވެ. އޭގެ އިތުރުން ދެކުނު އެމެރިކާގެ އެންމެ ހުނަރުވެރި އެއް ޒުވާން ފޯވަޑް، އުމުރުން 22 އަހަރު ޖޫލިއަން އަލްވަރޭޒްވެސް ވަނީ ސިޓީއަށް ގެންގޮސްފައެވެ. ރިވާޕްލޭޓުން ގެންދިޔަ އަލްވަރޭޒް ލޯނަށް އަނބުރާ އެ ކްލަބަށް ފޮނުވާލާފައި މިދިޔަ ސީޒަނުގައި ހުރި ނަމަވެސް، މި ސީޒަނަށް ކްލަބަށް ގެންނާނެ ކަމަށް ބެލެވެއެވެ.
"އަހަރެން ޔަގީންކޮށް އަރުވަން ކުރިއަށް އޮތް ދުވަސްތަކުގައި އަދި އިތުރު ކުޅުންތެރިން ސިޓީއާ ގުޅޭނެކަން. މި ޓްރާންސްފާ ސީޒަނުގައިވެސް. އަހަރެމެން އަތުގައި މިހާރުވެސް އެބަހުރި ދުނިޔޭގެ އެއްވަނަ ނަންބަރު ނައިން ކުޅުންތެރިޔާ. އަދި ދެކުނު އެފްރިކާގެ އަލްވަރޭޒްއަކީ އެންމެ ހުނަރުވެރި އެއް ފޯވަޑު،" އަލް މުބާރަކް ވިދާޅުވިއެވެ.
ޑުބާއީގެ ސަރުކާރު ހިއްސާވާ ސިޓީ ގްރޫޕުން ސިޓީ ގަތުމަށްފަހު މިހާތަނަށް އެ ކްލަބަށް ވަނީ ގިނަ ކުޅުންތެރިންތަކެއް ގެންގޮސްފައެވެ. އެޓީމަށް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ގެންގޮސް، މިދިޔަ ފަސް ސީޒަނުގައި ހަތަރު ފަހަރަށް ލީގުވެސް ނަގާފައިވާ އިރު، ހާސިލް ނުކުރެވި އޮތީ ޗެމްޕިއަންސް ލީގުގެ ތަށްޓެއް ނެގުމެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ސިޓީ ކުޅުނު ނަމަވެސް ކެޓީ ރެއާލް މެޑްރިޑް އަތުން ބަލިވެގެންނެވެ.
ސިޓީން ޗެމްޕިއަންސް ލީގުގެ ތަށްޓާ އެންމެ ގާތަށް ޖެހިލީ 2021 ވަނަ އަހަރުގެ ފައިނަލު ކުޅެގެންނެވެ. އެ ފައިނަލުގައި ސިޓީ ބަލިވީ ޗެލްސީ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ