ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލަތައް ކަމަށްވާ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ ފަހަތުގައި ސިޔާސީ ނިޔަތާއި މާލީ ނަފާގެ ސަބަބުތައް ޝާމިލްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
އުކުޅަހުގައި މިއަދު ފެށި "ވިއަވަތި ކޮންފަރެންސް" ފައްޓަވައިދެއްވައި ރައީސް ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލައަކީ އެއް ގަހެއްގެ ދެ ގޮފި ކަމަށެވެ. އެއީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކަށް ކަމަށް ވިދާޅުވިއެވެ.
"މިކަމުގެ އެންމެ ފުނުގައިވަނީ އިންތިޒާމުވެގެން ރޭވިގެން ހިންގާ ކަންކަން. އޭގެ ފަހަތުގައި ސިޔށާސީ ނިޔަތާއި މާލޫ ނަފާގެ ސަބަބުތައް ޝާމިލްވޭ،" ރައީސް ވިދާޅުވިއެވެ.
ރަައީސް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށްތަކުގެ މައްސަލައަކީ ހައްލުކުރަން ގޮންޖެހުންތައް ބޮޑު އަދި ހުރަސްތައް ބޮޑު މައްސަލައެއް ކަމަށެވެ. އަދި މިއަދު ފެށި ކޮންފަރެންސްގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް މިވަގުތު ދެން އޮތް އެންމެ ބޮޑު އަނެއް މައްސަލައަކީ މޫސުމީ ބަދަލުތައް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރަށް ގިރުމާއި ފެންބޮޑުވުމާއި އުދައެރުމަކީ ކޮންމެ މީހަކު ދިރިއުޅޭ ރަށާ އެންމެ ގާތުގައިވާ އެންމެ ބޮޑު ބިރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ތިމާވެއްޓަށް ލިބޭ ގެއްލުމާއި ކުރާ ނޭދެވޭ އަސަރަކީ ހިންގޭ ތަރައްގީގެ ކޮންމެ މަޝްރޫއަކާ ގުޅިފައިވާ ކަމެއް. ތަރައްގީގެ ބޭނުމުގައި ކުރާކަމަކީ ތަރައްގީއަށް އޮތް ހުރަހަކަށް ވިޔަދީގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރައީސްކަމުގެ މަގާމުގައި ހުންނަވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދެއްވުމަށް ކަމަށާއި މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު