ހިޔާ ސަރަހައްދުގެ ކޯޓްޔާޑުތައް ފެހިކުރުމުގެ މަސައްކަތުގެ ދަށުން އާންމުންނަށް ބޭނުންކުރެވޭ ކަހަލަ ގަސްތައް ކަމަށްވާ ހިކަނދިފަތް ގަހާއި ރާނބާފަތް ފަދަ ގަސްތައް އިންދަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހިޔާ ކޯޓްޔާޑަކީ، ހިޔާ ފްލެޓްތަކުގައި ހަދާފައި ހުންނަ ކުދިކުދި ޕާކުތަކެވެ.

އެޗްޑީސީގެ އެސިސްޓެންޓް މެނޭޖިން ގްރީނިއާ އިބްރާހިމް ޝަރުމީލް އިއްޔެ ވިދާޅުވީ، އެ ޕާކުގައި ހުންނާނެ ގަސްތަކުގެ ޑިޒައިން އެޗްޑީސީގެ ޕްލޭނިން ޑިޕާޓްމެންޓުން ޑިޒައިންކޮށް ނިންމާފައިވާ ކަމަށެވެ. ގްރާނިން ޑިޕާޓްމެންޓުން މިހާރު ކުރަމުންދަނީ ޕާކުގައި ގަސް އިންދުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހީމް ޝަރުމީލް ވިދާޅުވީ ގޮތުގައި އެ ތަން ފަރުމާކޮށްފައި ވަނީ އާންމުންނަށް އިށީންދެލައިގެން ތިބެވޭ ގޮތަށް ގޮނޑި ޖަހައި ހިޔާދޭ ބޮޑެތި ގަސްތަކެއް ކޮންމެ ޔާޑެއްގައި ވެސް އިންދާ ގޮތަށެވެ. އަދި ކޮންމެ ޕާކެއްގައި ހިޔާވާނެ ކަހަލަ ބޮޑެތި ގަސްތަކުގެ އިތުރުން އާންމުންނަށް ބޭނުންކުރެވޭ ގަސްތައް އިންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތުން ލެމަންގްރާސް، ގަދަކޯޅި، ހުވަދުމާ، ހިކަނދިފަތް، ރާންބާފަތް ދެން އޭގެ އިތުރުން ވެސް ގިނަ ބަޔަކަށް ބޭނުން ކުރެވޭ ކަހަލަ ގަސްތަކެއް" އިބްރާހީމް ޝަރުމީލް ވިދާޅުވިއެވެ.

ޕާކުގައި މާގަސް ވެން ހުންނާނެ ކަމަށާއި ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އިބްރާހީމް ޝަރުމީލް ވިދާޅުވިއެވެ.