މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑު ތަޣައްޔަރުވުމުގެ އަސަރުތައް ހައްލުކުރުމަށް ވެވަޑައިގެންފައިވާ ވައުދާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 23 ވަނަ ދުވަހަކީ ދުނިޔޭގެ ބަޔޯޑައިވާސިޓީ ޑޭ ނުވަތަ ދިރުންތަކުގެ ދުވަހާ ބެހޭ ބައިނަލްއަގުވާމީ ދުވަހެވެ.
ބަޔޯޑައިވާސިޓީ ދުވަހާ ގުޅިގެން ރައީސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ 78 ސަރަހައްދެއް އެބައޮތް ކަމަށާއި ރާއްޖެއިން މަސައްކަތްކުރަނީ ކަނޑުގެ ބިޔަ ދިރުންތަކަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ގޮތެއް ބިނާކުރަން ކަމަށެވެ.
"78 ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ނެޓްވޯކަކާއި ކަނޑުގެ މެގަ ޖަނަވާރުތަކަށް ކަނޑުގެ ރައްކާތެރިކަމާއެކު، ރާއްޖެއިން ވައުދުވަނީ ހުރިހާ ދިރިއުޅުމަކަށް ވެސް ހިއްސާކުރެވޭ މުސްތަގުބަލެއް ބިނާކުރުމަށް. މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑު ތަޣައްޔަރުވުމުގެ އަސަރުތައް ހައްލުކުރުމަށް އަޅުގަނޑުމެން ކުރާ ވައުދުތައް ކުރިއަށްގެންދާނަން،" ރައީސް ވިދާޅުވިއެވެ.
ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމެންޓް ޕްރޮގްރާމް (ޔޫއެންއީޕީ) އިން މިއަހަރުގެ ބަޔޯޑައިވަސިޓީގެ ދުވަހަށް ހާއްސަކޮށްފައިވާ ޝިއާރަކީ "ބިލްޑިން އަ ޝެއާޑް ފިއުޗާ ފޯ އޯލް ލައިފް" ނުވަތަ ހުރިހާ ދިރިއުޅުމަކަށްވެސް ހިއްސާކުރެވޭ މުސްތަގުބަލެއް ބިނާކުރުމެވެ.
އެ ޝިއާރު ބޭނުންކުރަން ނިންމާފައިވަނީ ޔޫއެންއީޕީން 2020 ވަނަ އަހަރު ބޭއްވި ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮފް 2020) ސަމިޓުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު