އުމުރުން 12 އަހރުންފެށިގެން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރަމުންދިޔަ މައްސަލައިގައި ހައްޔަރު ކުރި، ލ. ދަނބިދޫ ފިނިމާގެ ޝަމީހު ހަސަން ޝަރީއަތް ނިމެންދެން ބަންދުގައި ބެހްޓުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައި ވަނީ، ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށެވެ.
އިއްޔެ އޭނާ ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން ދިން ކޯޓު އަމުރުގައި ބުނެފައި ވަނީ، އޭނާގެ މައްްޗަށް ތުހުމަތު ކުރަނީ، އެކި ދުވަސްމަތިން އުމުރުން 14 އަހަރުގެ ކުއްޖަކަށް، އެކުއްޖާގެ އުމުރުން 12 އަހަރުން ފެށިގެން ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ.
އެކުއްޖާއަށް ޖިންސީ ގޯނާ ކުރަން ފަށާފައި ވަނީ، އޭނާ ދިރިއުޅޭ ގެއަށް އެކުއްޖާ ގަދަކަމުން ވައްދައިގެން ކަމަށްވެސް ބުނެފައިވެއެވެ. އަދި އެމީހާ އަނިޔާ ލިބުނު ކުއްޖާގެ ގެއަށް ގޮސްފައި ވަނީ އެ ކުއްޖާގެ ބައްޕަގެ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން ކަމަށާއި، އެކުއްޖާއަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރުމަށްފަހު، އެކަން އެއްވެސް މީހެއްގެ ކައިރީގައި ބުނެފިނަމަ ބޭޒާރު ކޮށްލާނެކަމަށް ބުނެ އެ ކުއްޖާއަށް އިންޒާރު ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އޭނާ ކުރި ޖިންސީ ގޯނާގެ ސަބަބުން ގެއްލުން ލިބިފައިވާ އެ ކުއްޖާގެ ހާލަތަށް ބަލާއިރު އެ ކުއްޖާއަަށް ޖިންސީގޯނާ ކޮށްފައިވާކަމަށް ރިޕޯޓުތަކުން ދައްކާ ކަމަށްވެސް އަމުރުގައި ބުނެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގީ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާގައި އެމީހާ ބަންދުގައި ނުބަހައްޓައިނަމަ ކުށުގެ ތުހުމަތުކުރެވިފައިވާ މީހާ އިތުރު ކުށެއް ކޮށްފާނެކަމަށް ނުވަތަ ހެކި ފޮރުވައިފާނެ ކަމަށް ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވައިފާނެކަމަށް ބެލެވޭ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު